ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދަށު ކޯޓުތަކަށް ޒިޔާރަތް ކުރައްވައިފި

21 Sep 2017   ޚަބަރުތައް  

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދަށު ކޯޓުތަކަށް ޒިޔާރަތް ކުރައްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް މަޙާޒް ޢަލީ ޒާހިރު އަދި އޮނަރަބަލް އަލްއުސްތާޛް ޙުސްނުއްސުޢޫދު ސުޕީރިއަރ ކޯޓުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޯޓުތަކަށް ކުރެއްވި ޒިޔާރަތުގައި، ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައި ލެއްވުމާއި، މަސައްކަތް ކުރެއްވުމުގައި ދިމާވާ ދަތިތަކާއި، މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކޯޓުތަކުގެ ފަނޑިޔާރުންނާއި އިސް ވެރިންނާއި މަޝްވަރާކުރެއްވިއެވެ. އަދި ސުޕީރިއަރ ކޯޓުތަކަށް ދިމާވާ ދަތިތައް އުއްތަމަ ފަނޑިޔާރާ މަޝްވަރާކޮށް ކޯޓުތަކުގެ ހިންގުން ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅިގެން ކޯޓުތަކުގެ ފަނޑިޔާރުންނާއި އިސްވެރިންނާ މަޝްވަރާކޮށް ޚިޔާލުފާޅު ކުރެއްވިއެވެ.