ސުޕްރީމް ކޯޓްގެ ފަނޑިޔާރުން

ކެޓަގަރީތައް

ސޫދާނުގެ އިސްލާމިކް ފިޤްހު ކައުންސިލުގެ ވަފުދުގެ ބޭފުޅުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލު ކުރައްވައިފި

20 ނޮވެމްބަރ 2016    

ސޫދާނުގެ އިސްލާމިކް ފިޤްހު ކައުންސިލުގެ ވަފުދުގެ ބޭފުޅުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލު ކުރައްވައިފި

ސޫދާންއާއި ދިވެހިރާއްޖެއާ ދެމެދު ހުރި ދީނީ ކަންތައްތަކާއި، ޒަމާނީ ފިޤުހީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އަލަށް އުފެއްދުމާ ގުޅިގެން އެކަމުގެ ތަޖުރިބާ ހިއްސާކުރުމަށް ދިވެހި ސަރުކާރުގެ ދަޢުވަތަކަށް މި މަހުގެ17 އިން 21 އަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ ސޫދާނުގެ އިސްލާމިކް ފިޤްހު ކައުންސިލުގެ ވަފްދުގެބޭފުޅުންނާ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސޫދާނުގެ އިސްލާމިކް ފިޤްހު ކައުންސިލުގެ ޗެއަރމަން ޕްރޮފެސަރ އިސާމް އަޙުމަދު އަލް ބަޝީރުއާއިއެ ކައުންސިލުގެ  މެންބަރު އަލްފާޟިލް އިބްރާހީމް މުޙައްމަދާ އަދި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އާދަމް އިބްރާހީމް އަލް-ޝެއިން ދަވެލްބިތު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު 10:30 ގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އަލްއުސްތާޛު އަޙުމަދު ޒިޔާދުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.